ބޮޑާހާކާތީ އާއި ފިލްމުގެ ޝޫޓިން ދުވަސްތައް މިސް މެނޭޖް ކުރާތީ ފިލްމު ޗެހްރޭއިން ކްރީތީ ކަރްބަންޑާ ބޭރުކޮށްފިއެވެ.
އަމީތާބް ބަޗަން އަދި އިމްރާން ހަޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމު ޗެހެރޭ އިން ކްރީތީ ބޭރު ކުރީ އެކި ގޮތްގޮތުން ދިމާވި މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރުމަށްފަހު އެއްވެސް ހައްލެއް ނުލިބިގެން ކަމަށްވެއެވެ. އެގޮތުން ކްރީތީގެ ހުރިހާ ހުށަހެޅުމަކަށް ފިލްމު އުފައްދާ ފަރާތުން އެއްބަސްވަމުން އެކަންތައް ފުއްދައިދެމުންދިޔައިރު އޭނާއާ ފިލްމުގެ ޑައިރެކްޓަރާވެސް އޮތީ ހިތްހަމަނުޖެހުން އުފެދިފައެވެ. އެހެން ކަމުން ފިލްމުގެ ޕްރޮޑިއުސަރުން އޭނާ ފިލްމުން ބޭރުކުރީ ކަމަށްވެއެވެ. ފިލްމަށް އިތުރު ބަތަލާއެއް ހޯދުމުގެ މަސައްކަތްވެސް ފަށާފައިކަމަށް ފަހުގެ ހަބަރުތައް ބުނެއެވެ.
ފިލްމު ހައުސްފުލް ހަތަރަކަށް ލިބުނު ކާމިޔާބީ މިދުވަސްވަރު ކްރީތީ ފާހަގަ ކުރަމުން އަންނައިރު ކުރިއަށް ރިލީސްވާން އޮތް ފިލްމު ޕާގަލްޕަންތީގެ ޕްރޮމޯޝަންތަކުގައިވެސް އަންނަނީ ބައިވެރިވަމުންނެވެ.
ޗެހެރޭގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން ކްރީތީ ނިންމާފައިވުމާ އެކު އެ ސީންތައް އަލުން ޝޫޓް ކުރަން ނިންމާފައިވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ. މި މައްސަލައާ ގުޅިގެން ކްރީތީ އާއި ފިލްމުގެ ޕްރޮޑިއުސަރުންނާ ވަނީ މޫނު ކެނޑިފައެވެ.
ރުމީ ޖެފްރީ އުފައްދާ ފިލްމު ޗެހެރޭ ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލްގައެވެ.