ޚަބަރު

ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ހަ ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް، ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ މި މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައިވާ ރަށްތަކަކީ ކ.ތުލުސްދޫ، ށ.މިލަންދޫ، ޅ.ކުރެންދޫ، ޅ.އޮޅުވެލިފުށި، ހއ.އުލިގަމު އަދި އދ.އޮމަދޫ ކަމަށެވެ.

މި ހަ ރަށުގެ މަޝްރޫއަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 126 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ހަ ރަށުގެ މަސައްކަތް ކުރުމަށް ހަވާލުކޮށް ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑްގެ އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.