ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކޮށްފި އެވެ.
ރޭ 2:15 ހާއިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ހައްޔަރުކޮށްފައިވަނީ ދިވެއްސެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ އެ ފިރިހެން މީހާއަކީ 20 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ މާރާމާރީއެއްގެ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ އޭނާ އާއި ސުވާލު ކުރަން ހުއްޓުވާފައި ވަނީ މާރާމާރީއެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.