އެމްޓީސީސީ

ފެހެންދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

މިންހާ ފާއިޒް ރަޝާދު

ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު، އެމްޓީސީސީން އެރަށަށް ގެންގޮސްފި އެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 49 މިލިއަން ރުޕިޔާއަށް އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާ އެކު އެމްޓީސީސީން ސޮއިކޮށްފައިވަނީ މިއަަހަރުގެ ޖުލައިމަހު ދެވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 43500 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 130 މީޓަރުގެ ބޭރު ތޮށި ލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ އެތެރެ ތޮށި ލުމާއި، މޫރިން ބްލޮކްސް ލުމާއި އަދި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފެހެންދޫގައި ރޭމްޕެއްލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.