Close
މުނިފޫހިފިލުވުން

ބައިސްކޯފް އެޕް ލޯންޗު ކޮށްފި

މުހައްމަދު އައުޒަމް

1

ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ހާއްސަ ކޮށްގެން އުފެއްދި ބައިސްކޯފު އެޕް ލޯންޗުކޮށްފި އެވެ.

ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއި އެކު ބައިސްކޯފު ލޯންޗު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ދިވެހި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޕްގެ ސީއީއޯ މުހައްމަދު މިރުސާދު ވިދާޅުވީ އެޕަކީ ދިވެހިންނާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ސްމާޓް އެޕެއް ކަމަށެވެ.

ބައިސްކޯފު އެޕް މެދުވެރިކޮށް ދިވެހި ފިލްމު ބަލާލެވުމުގެ އިތުރުން ކުރިއާއި މިހާރުގެ ލަވަތަކާއި މަދަހައިގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ބާވަތެއްގެ ކޮންޓެންޓް ހުންނާނެއެވެ. އަދި ރާއްޖޭގެ ލޯކަލް ބައެއް ޓީވީ ވެސް ސްޓްރީމް ކޮށްގެން ބަލާލެވޭނެއެވެ.

ރަސްމިއްޔާތުގައި ރާއްޖޭގެ ފުރަތަމަ ވެބްސީރީޒް ނަހުލާގެ "ހުވާ"ގެ ޓްރެއިލާ ދައްކާލާފައި ވާއިރު އެޕް މެދުވެރިކޮށް އެ ވެބްސީރީޒް ވެސް ބަލާލެވޭނެއެވެ.

ރާއްޖޭގެ ނަން މަޝްހޫރު އެތަށް ފަންނާނުން ފެނިގެންދާ "ހުވާ" މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ބައިސްކޯފު މެދުވެރިކޮށް ބަލާލެވޭނެއެވެ.

ބައިސް ކޯފު އެޕް އަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރާ މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެންމެގިނަ އެޕްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟