ނޭވާލުމަށް އުނދަގޫވެގެން ލަތާމަންގޭޝްކަރު ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އައިސީޔޫގައި އެޑްމިޓްކޮށްފައެވެ.
90 އަހަރުގެ ލަތާ އެޑްމިޓް ކުރިއިރު ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
"ހޮސްޕިޓަލަށް ގެނައީ ދަންވަރު ދޭއް ޖެހި އިރު. ހާލު ސީރިއަސް އެހެންވެ އައިސީޔޫގައި އެޑްމިޓް ކޮށްފައިވަނީ" ލަތާ އެޑްމިޓް ކުރި ބްރީޗް ކެންޑީ ހޮސްޕިޓަލުގެ ފަރާތުން މީޑިއާއަށް ދިން އިންޓަވިއުގައި ބުންޏެވެ.
ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ލަތާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އާއިލާގެ ފަރާތުން ލަތާއަށް ބޮޑުދައިތަ ކިޔާ ރަޗްނާ ޝާހު ބުނީ ލަތާއަށް ޖެހުނީ ވައިރަލް އިންފެކްޝަނެއް ކަމަށެވެ. އަދި މިހާރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
މަގުބޫލު ލަވަކިޔުންތެރިޔާ ލަތާ ވަނީ އެއްހާހަށް ވުރެ ގިނަ ފިލްމަށް އެތައް ހާސް ލަވައެއް އެކި ބަހުން ކިޔާފައެވެ.