ރީކޯ މޫސާ މަނިކް

ޖުމްހޫރީ ވެރިކަން ވަރުގަދަ ކުރެވޭނީ ރައީސުންގެ ކިބައިގައި ހުންނަ ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައިގެން: ރީކޯ މޫސަ

މިންހާ ފާއިޒް ރަޝާދު

ޖުމްހޫރީ ވެރިކަން ވަރުގަދަ ކުރެވޭނީ ރައީސުންގެ ކިބައިގައި ހުންނަ ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.

މޫސަ ވިދާޅުވީ ވެރިކަމުގެ ދައުރު ގާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ކުރެވިއްޖެ ކަމަށް ގަބޫލުކޮށް ރައްޔިތުންގެ ވޯޓުން ބަލިވާ ރައީސުން އަބުރުގެ ދިރިއުޅުއްވުން އިހުތިޔާރު ކުރުންވެސް ޖުމްހޫރީ ވެރިކަން ވަރުގަދަ ކުރުމަށް މުހިންމުކަމަށެވެ.

ރީކޯ މިހެން ވިދާޅުވިއިރު ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ ހުކުމް އިއްވުމަށް މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރި ނަމަވެސް، އެޝަރީއަތް ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ މުހައްމަދު ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން އެދުވަހުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ. އެއަށްފަހު އެ ކޯޓު ވަގުތީ ގޮތުން ހިންގުން ގާޒީ އަލީ ރަޝީދާ ވަނީ ހަވާލުކޮށްފަ އެވެ. ރައީސީ ޔާމީނުގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 17 އަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.