ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކުރެއްވި ދެ އަންހެން ސްކައުޓުންނާއި ބޭޑަން ޕަވަލް ބެޖް ހާސިލް ކުރެއްވި ދެ އަންހެން ސްކައުޓުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްފިއެވެ.
ފުރަތަމަ ފަހަރަށް އަންހެން ސްކައުޓަކަށް ލިބުނު މި އެވޯޑު ހާސިލް ކުރި ހަތަރު ސްކައުޓުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް އަރުވާފައިވަނީ ދަރުބާރުގޭގައި ޖުމްހޫރީދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާއެއްގައެވެ. މި ހަތަރު އަންހެން ސްކައުޓުންގެ އިތުރުން ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރެއްވި އެހެން ސްކައުޓުންނާއި ބޭޑަން ޕަވަލް ބެޖް ހާސިލްކުރެއްވި އެހެން ސްކައުޓުންނަށް ސަރުކާރުން ދެއްވި ހަނދާނީ ފިލާ ހަވާލު ކުރެއްވީ ހަވާލުކޮށްދެއްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލް ކުރެއްވި ދެ އަންހެން ސްކައުޓުންނާއެކު ޖުމްލަ ފަސް ސްކައުޓެއް ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލްކުރުމުން މި ޖަލްސާގައި އެވޯޑު ހާސިލްކޮށްފައިވެއެވެ. އެއީ:
ބޭޑަން ޕަވަލް ބެޖް ހާސިލްކޮށްގެން ޖުމްލަ ހަ ސްކައުޓަކަށް މި ޖަލްސާގައި އެވޯޑު ދީފައިވެއެވެ. އެ ސްކައުޓުންނަކީ:
މި ޖަލްސާގައި ދެ ސްކައުޓަކަށް ސަރުކާރުން ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. މި ދެ ސްކައުޓުންނަށް ހަނދާނީ ފިލާ އަރުވާފައިވަނީ ނޮވެންބަރު 18، 2018ގައި ރ.އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް އޭނާގެ ފުރާނަ ސަލާމަތްކުރުމުންނެވެ. އެއީ ރ.އިންގުރައިދޫ، ހަތިހާގެ އަލީ ފައުޒާން އަދި ހަމަ އެރަށު މާހާ، ނިޝާހް އަބްދުލްޣަފޫރުއެވެ.
މިރޭގެ ހަފްލާގައި ޖުމްލަ 13 ސްކައުޓަކަށް ރައީސް އިނާމުދެއްވާފައިވެއެވެ. މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި ޖަލްސާގައި 39 ފަރާތަކަށް ދެއްވާފައިވެއެވެ.