Close
ޚަބަރު

ހާފިޒުކަމުގެ މެޑަލް 16 ފަރާތަކަށް ދީފި

މަރިޔަމް ޝަހުދާ

ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށް މެޑަލް ދީފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި އެ ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި 16 ފަރާތަކީ:

  • އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ
  • ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ
  • ޒޫނާ އިސްމާއީލް، ގަސްކަރަ/ ކ. ގުޅި
  • އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ. ރިހިރާޅު
  • ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ
  • މުހައްމަދު ރަފާހު އަހުމަދު، މ. ބަބުކެޔޮގަސްދޮށުގެ
  • މާޒިނާ އަބްދުއްރަޙީމް، ކިނާރާ/ ނ. ލަންދޫ
  • މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި
  • އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު
  • އުރްޖުވާން މުހައްމަދު، މ. މެޑެލްމާގެ
  • މުހައްމަދު ޒާއިން އަޝްރަފް، އާބަހާރުގެ/ ކ. ކާށިދޫ
  • މާއިޝާ އަބްދުއްރަޙީމް، ކިނާރާ/ ނ. ލަންދޫ
  • ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް
  • ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ނަންބަރު: 1519
  • މަރިޔަމް ހުސައިން، ޝެމްރޮކް/ ސ. ހިތަދޫ
  • މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަކީ ހިތްވަރާއި ހުނަރާއި އިލްމީ ގޮތުން ހޯދާ ކާމިޔާބީތަކަށް ގައުމީ ފެންވަރުގައި، އަހަރަކު އެއް ފަހަރު ރައީސް ދެއްވާ އިނާމެކެވެ.

އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ކީރިތި ގުރުއާން ހިތުދަސްކުރައްވައިގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ފަރާތެއްގެ އިތުރުން މިއަހަރު މަތީ ދަރަޖަ ހޯދައިގެން ހާއްސަ އިނާމު ޖުމްލަ 39 ބޭފުޅަކަށް ދެއްވާފައިވެއެވެ. އަދި މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނާއި މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލުކުރި ދަރިވަރުންނަށް މެޑަލް ދެއްވާފައިވެއެވެ.