ޖުމްހޫރީ ދުވަހާ ގުޅިގެން މާދަމާ ގޭގެއަށް ގޭސްފުޅި ޑެލިވަރީ ކުރުން ބަންދުވާނެ ކަމަށް މޯލްޑިވް ގޭހުން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ޔުނިޓްތަކާއި ޕްރޮޑަކްޝަން ޑިޕާޓްމަންޓް ބަންދުވާނެ ކަމަށެވެ. ނަމަވެސް ހުސް ގޭސްފުޅި ހިފައިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުންނަ މޯލްޑިވް ގޭހުގެ ޑިސްޓްރިބިއުޝަން ޔުނިޓަށް ދިއުމުން ގޭސްފުޅި ދޫކުރާނެ ކަމަށް މޯލްޑިވް ގޭހުގެ އިއުލާނުގައިވެއެވެ.
އެގޮތަށް ގޭސްފުޅި ދޫކުރާނީ މާދަމާ ހެނދުނު 8:00 އިން ރޭގަނދު 11:00 އާ ދެމެދު ކަމަށް ވެސް މޯލްޑިވް ގޭހުން ބުނެއެވެ.
މޯލްޑިވް ގޭހުން ބުނީ، އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ 1616 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭ ކަމަށެވެ. އަދި ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިންވަނީ މައާފަށް އެދިފައެވެ.