ޚަބަރު

ދުނިޔޭގައި ދިރިއުޅޭނެ ގޮތުގެ އެންމެ ފުރިހަމަ މިސާލެއް ފެންނަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުން: ރައީސް ނަޝީދު

2

ދުނިޔޭގައި ދިރިއުޅޭނެ ގޮތުގެ އެންމެ ފުރިހަމަ މިސާލެއް ފެންނަނީ ކީރިތި ރަސޫލާ ﷺ ގެ ހަޔާތްޕުޅުން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ކުރެއްވި ޓުވީޓެއްގައެވެ.

''ކީރިތި ރަސޫލާ ﷺ ގެ އީދު މީލާދު ދުވަހުގެ ތަހުނިޔާ އެންމެ ބޭފުޅުންނަށް ދަންނަވަން. މި ދުނިޔެވީ ހަޔާތް ބިނާކުރުމުގަވެސް، އެންމެ ފުރިހަމަ އިރުޝާދު އާއި މިސާލު ލިބެން އޮތީ ކީރިތި ރަސޫލާ ﷺ ގެ މުޅި ހަޔާތްޕުޅުން'' ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 12 ވަނަ ދުވަހު އެވެ.