މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އެތެރެކުރަން އުޅުނު ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ބުރަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ބަންގުލަދޭޝް ފިރިހެނެއްގެ ލަޖެކް ބަލައި ފާސްކުރި އިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން ޓެސްޓުކޮށްފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާގެ ލަގެޖުގެ ތެރެއިން ޖުމްލަ 2339 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި އެތަކެތީގެ މަގުމަތީ އަގު 233،900 ރުފިޔާއަށް އަރައެވެ.

އެ މައްސަލައިގައި ހިމެނޭ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.