Close
މަރުތައް ތަހުގީގުކުރާ ކޮމިޝަން

ޑރ.އަފްރާޝިމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

ދެހާސް ބާރަވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ މައްސަލަ، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލައި ނިންމި ގޮތުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފަައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މިކަމާ ގުޅިގެން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2012 ވަނަ އަހަރު އޮކްޓޯބަރުމަހުގެ އެއްވަނަދުވަހުގެ ރޭ 09:00 ހާއިރު، ޑރ. އަފްރާޝިމް ދިިރިއުޅުއްވާ ގެ، (ހ.ފުންވިލު) އަށް ވަޑައިގެން ވަގުތު އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައިވާ ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ބަަލައި ނިންމި ގޮތުގެ ތަހުގީގު ރިޕޯޓު މިހާރު ވާނީ ރައީސް ސޯލިހަށް ފޮނުވާފައި ކަމަށެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އޭރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ އަބްދުﷲ ރިޔާޒެވެ. ޑރ. އަފްރަޝީމް އަވަހާރަކޮށްލި މައްސަލައިގައި ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް މަރުތަކާބެހޭ ކޮމިޝަނާ ހިއްސާކުރައްވާފައިވާނެކަމަށް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ޑރ. އަފްރާޝީމްގެ މަރާގުޅޭގޮތުން އެކަން ރޭވި މީހުންނާއި، އެކަން ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ހަރަދުކުރި ފަރާތް ހޯދުމަށް، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.