ބޮލީވުޑް

ޖާންވީގެ ވިންގް އައިލައިނާއަށް މަލައިކާ ދިނީ ހަޔަކުން ހަތަރެއް

ބަތަލާ މަލައިކާ އަރޯރާ އާއި ބަތަލު އަރްޖުން ކަޕޫރު ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު ދެމީހުންގެ ގުޅުން މީޑިއާއަށް މިހާރުވަނީ ތިލަކޮށްފައެވެ.

މީސްމީޑިއާގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ ހިއްސާކުރާއިރު ޝޯތަކުގައިވެސް ދެމީހުން އެކަކު އަނެކަކުގެ ވާހަކަތައް ދައްކައެވެ.

ވަރަށް ފަހުން މަލައިކާ ވަނީ ނޯފިލްޓާ ވިތު ނޭހާ ޝޯގައި އަރްޖުންގެ އާއިލާއާ ބެހޭގޮތުންވެސް ވާހަކަދައްކާފައެވެ.

މި ޝޯގައި ބޮލީވުޑް ތަރިންގެ ފެޝަން ސްކިލްސް އަށްވެސް މަލައިކާއަށް ވަނީ ޕޮއިންޓް ދޭން ޖެހިފައެވެ.

އެގޮތުން އަރްޖުންގެ ކޮއްކޮ ޖާންވީ ކަޕޫރުގެ ވިންގް އައިލައިނާއަށް މަލައިކާ ދިނީ ހަޔަކުން ހަތަރު ޕޮއިންޓެވެ. މިގޮތަށް ޕޮއިންޓް ދިނުމަށްފަހު ފަހުން މަޖަލަކަށް އޭނާ ވަނީ "ޑަކް ފޭސް" މޫނުން ހަދާފައެވެ. ބައެއް މީހުން މީސްމީޑިއާގައި ބުނާ ގޮތުގައި މަލައިކާގެ ޑަކްފޭސް ގެ މާނައަކީ ޖާންވީގެ ވިންގް ލައިނާއަށް މަލައިކާ ޒީރޯ ދިން ކަމަށެވެ. މަލައިކާ ވަނީ އޭނާގެ ކޮއްކޮ އަމްރިތާ އަރޯރާގެ މޭކަޕް ސްކިލްސް އަށްވެސް ޑަކްފޭސްއެއް ދީފައެވެ.

ސޯނަމް ކަޕޫރުގެ ޒޯޔާ ޕެކްޓާ ފިލްމަށްވެސް މަލައިކާ ދިނީ ހަޔަކުން ހަތަރު ޕޮއިންޓެވެ. ނަމަވެސް މަލައިކާ ވަނީ ސޯނަމްގެ ދައްތަ ރިޔާ ކަޕޫރަކީ އެންމެ މީރުކޮށް ކައްކާ އެކަކު ކަމަށް ބުނެފައެވެ. އަދި އަނިލް ކަޕޫރަކީ އެ އާއިލާގައި އެންމެ މޮޅަށް "ޕައުޓް" ކުރާ އެކަކުކަ މަށްވެސް މަލައިކާ ވަނީ ބުނެފައެވެ.

މަލައިކާއަށް ވުރެ އަރްޖުން އެތައް އަހަރެއް ހަގު އިރު ދެތަރިންވެސް އަދި ކައިވެންޏާ މެދު ނުވިސްނާކަމަށް މީގެ ކުރިން އެތައް އިންޓަވިއެއްގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން މަލައިކާ ފެނިގެން ގޮސްފައިވަނީ ފިލްމު "ޕަޓާކާ" އިންނެވެ.