ބޮލީވުޑް

އަރްޖުން އަދި ސަންޖޭގެ ހަނގުރާމަމަތީ ފިލްމު ޕަނިޕަތުގެ ޓްރެއިލާ ރިލީސްކޮށްފި

އަރްޖުން ކަޕޫރު، ސަންޖޭދަތު އަދި ކްރިތީ ސާނޮން ލީޑް ރޯލުން ފެނިގެންދާ ފިލްމު ޕަނިޕަތުގެ ޓްރެއިލާ ފިލްމުގެ ޑައިރެކްޓަރު އަޝުތޯޝް ގޮވާރިކާ ރިލީސްކޮށްފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާ އިން އެކަނިވެސް ފިލްމަށް ގިނަ ތައުރީފުތަކެއް ލިބެމުން އެބަދެއެވެ.

މި ފިލްމަކީ އިންޑިއާގެ ހަރްޔާނާގައި އޮންނަ ސިޓީއެއް ކަމަށްވާ ޕަނިޕަތު ހޯދުމަށް އަފްގާނިސްތާނުގެ އާމީ އިން، މަރާތާގެ އާމީއާ ކުރި ހަނގުރާމައިގެ ހާދިސާއަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގައި މަރާތާގެ އާމީގެ ވެރިޔާގެ ބައިން ފެނިގެން ދަނީ އަރްޖުން އެވެ. އަފްގާންގެ އާމީގެ ވެރިއެއްގެ ގޮތުގައި ސަންޖޭ ފެނިގެން ދެއެވެ. މިއީ ޕަނިޕަތު ހޯދުމަށް އަފްގާނުން ކުރި ތިންވަނަ ހަނގުރާމައެވެ. އެ ހަނގުރާމަ ކޮށްފައިވަނި 14 ޖެނުއަރީ 1761 ގައެވެ.

ޓްރެއިލާ އިން ފެނިގެންދާ ކަނޑީގެ ހަމަލާތަކާއި، މޮޅެތި ޑައިލޮގްސް ތަކާއި، ހަނގުރާމަމަތީގައި މީހުން އުޅޭ ގޮތާއި އަރްޖުން އާއި ކްރިތީގެ ގުޅުމުން އެކަނިވެސް ފިލްމަކީ ސަޅި ފިލްމަކަށް ވާނެ ކަމަށް ބޮލީވުޑްގެ ގިނަ ތަރިންނާއި އާއްމުން އަންނަނީ ބުނަމުންނެވެ.

ޕަނިޕަތު ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ މަހު ހައެއްގައެވެ. މިދުވަހަކީ ކާތިކް ގެ ފިލްމު "ޕަތީ ޕަތްނީ އޯރް ވޯ" ވެސް ރިލީސްކުރާ ދުވަހެވެ.