ބޮލީވުޑް

އަހަރެން ސިންގަލް: ސިދާތު

ބަތަލު ސިދާތު މަލޯތުރާ އަކީ އަންހެނުންގެ މެދުގައި މަގުބޫލު ތަރިއެކެވެ. ގިނަ އަންހެން ތަރިންނާ އޭނާއާ އަޅުވައި ކިޔުން އަބަދުހެން އޮވެއެވެ.

ތާރާ ސުތާރިޔާ އާއި ސިދާތު ރައްޓެހިވެގެން އުޅޭކަމަށް އަޑުއެރިފަހުން ދެން އިވިގެން ދިޔައީ ކިއާރާ އަދްވާނީއާ ޑޭޓްކުރާ ވާހަކައެވެ. ކިއާރާ އާއި ސިދާތު އަންނަނީ ފިލްމު "ޝޭޝާހް" ގައި އެކީގައި މިދުވަސްވަރު މަސައްކަތްކުރަމުންނެވެ.

ކިއާރާ އާއި ސިދާތު އެކީގައި ކާރުގައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ މީސް މީޑިއާގައިވެސް ދައުރުވެފައެވެ. އެހެން ކަމުން މީޑިއާތަކުން މިވަނީ ސިދާތު އާއި ކިއާރާގެ ގުޅުމުގެ ވާހަކަ އޭނާ ގާތު އަހާފައެވެ.

ނޫސްވެރިން ކުރި ސުވާލަށް ހިނިގަނޑަކާއެކު ޖަވާބު ދެމުން ސިދާތު ބުނީ އަބަދުވެސް އޭނާގެ ކޯ ސްޓާރުންނާ އޭނާއާ އަޅުވައި ކިޔާ ކަމަށެވެ. އަދި ކިއާރާއާ އެކު ކާރުގައި ފެނުނު ސުވާލަށް ޖަވާބު ދެމުން ސިދާތު ބުނީ އެދުވަހުވެސް އޭނާ އައީ އެކަނި ކަމަށާއި ދަނީ ވެސް އެކަނި ކަމަށެވެ.

"އަހަރެން ސިންގަލް. ހަގީގަތުގައިވެސް ސިންގަލް. ފިލްމީ މަސައްކަތުގެ ސަބަބުން މިހާރު ދިރިއުޅުން ކުރިއަށް ދަނީ" ފިލްމު މަރްޖާވާންގެ ޕްރޮމޯޝަނުގައި އަވަދިނެތި އުޅެމުން ސިދާތު ބުނިއެވެ.