ބޮލީވުޑް

ކެޓްރީނާ، ސިދާންތު އަދި އިޝާން އެކްޝަން ފިލްމަކަށް

ބާރަތުގެ ކާމިޔާބީއަށްފަހު ކެޓްރީނާ ކައިފް އަވަދިނެތި މަސައްކަތް ކުރަމުން ދަނީ ރޯހިތު ޝެޓީގެ ފިލްމު "ސޫރްޔަވަންޝީ" ގައެވެ. މި ފިލްމުގެ ކެޓްރީނާގެ ކޯ ސްޓާ އަކީ އަކްޝޭ ކުމާރެވެ.

ކެޓްރީނާއަށް މިވަނީ އެހެން ބޮޑު ހުށަހެޅުމެއްވެސް ލިބިގެން ގޮސްފައެވެ. އެގޮތުން އެކްޝަން ފިލްމެއް އޭނާއަށް ހުށަހަޅާފައިވާ އިރު އެ ފިލްމަށް ކެޓްރީނާ އެއްބަސްވެއްޖެ ނަމަ، އޭނާ ފެނިގެން ދާނީ ބަތަލު ސިދާންތު ޗަތުރްވޭދީ އަދި އިޝާން ކައްޓަރުއާއެކުވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކެޓްރީނާގެ ފަރާތުން މި އެކްޝަން ފިލްމަށް ޖަވާބެއް އެރުވުމަށް ހަމަޖެހިފައިވަނީ މިވަގުތު އޭނާ ކުޅެމުންދާ ފިލްމުގެ މަސައްކަތް ނިމުމުންނެވެ.

ކެޓްރީނާ އަދި އަކްޝޭގެ ފިލްމު ސޫރްޔަވަންޝީ ރިލީސްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުއެވެ.