ކުއްލި ޚަބަރު

ދިރާގު އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރައިފި

ރާއްޖޭގެ މައި މުވާސަލާތީ ކުންފުނި ދިރާގުގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

ދިރާގުގެ އޮފިޝަލަކު ''ވަން'' އަށް ވިދާޅުވީ، އެ ކުންފުނިން ފޯރުކޮށްދެމުންދާ އޭޑީއެސްއެލް، މޯބައިލް އިންޓަނެޓްގެ އިތުރުން ފައިބާ ހިދުމަތަށް ވެސް ބޫރު އަރާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ ކިހިނެތް ވެގެން ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު އިތުރަށް ވިދާޅުވީ، ދިމާވި މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ހިދުމަތް އަނބުރާ ދެވޭނެ ވަކި ވަގުތެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.