ޚަބަރު

ސ. ހުޅުމީދޫ ބަނދަރު އަޕްގުރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫގެ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ހަސަން ޝާހެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ 68.8 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 97 މީޓަރު ޝީޓް ޕައިލް ކީވޯލްގެ މަސައްކަތާއި ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.