ޚަބަރު

އައިއޭސީގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

މަރިޔަމް ޝަހުދާ

އިންޓަނޭޝަލަން އެއިޑްސް ކެމްޕެއިން މޯލްޑިވްސް، އައިއޭސީގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައި، ސޮއިކޮށްފިއެވެ.

އައިއޭސީގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން އިން ސޮއިކޮށްފައި ވަނީ މިއަދުއެވެ. ވަން އޮންލައިންގެ ފަރާތުން މި އެއްބަސްވުމުގައި ވަންގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު) ސޮއި ކުުރެއްވި އިރު އައިއޭސީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ޗެއާމަން އަހުމަދު އިގްބާލް އެވެ.

އައިއޭސީ އަކީ އެހީ ޖަމިއްޔާގެ އިސްނެގުމުގެ ދަށުން ރާއްޖޭގެ 150 އަށް ވުރެ ގިނަ ޖަމިއްޔާއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެގޮތުން އެ ޖަމިއްޔާއިން މިހާރު އަންނަނީ ގާޒާގެ ހޮސްޕިޓަލުތައް މަރާމާތު ކުރުމަށް އެހީވުމުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިވެހިން ގާޒާއަށް ފޮނުވި އެހީ ބޭނުންކޮށްގެން ގާޒާގެ ހޮސްޕިޓަލުތައް މަރާމާތު ކުރަން މި މަސް ތެރޭގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން އައިއޭސީ އިން ވަނީ ''މަސްދަޅު ހަދިޔާ'' ގެ ނަމުގައި މިއަދު ކެމްޕޭނެއް ލޯންޗް ކޮށްފައެވެ.