އެމްއާރްއެމް

އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ: އެމްއާރުއެމް

އާނިފާ ހުސެއިން ސިރާޖް

ސުލްހަމަސްލަސްކަން ނަގާލައި ގައުމީ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުވައި އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައުމީދުވަހުގެ ހާދިސާ އަކީ އަޅުގަނޑުމެން އިބުރަތުގެ ނަޒަރަކުން ބަލައި، ވިސްނަން ޖެހޭ ފަދަ ހާދިސާއެއް ކަމަށާއި ދިވެއްސަކަށް ވީތީ މިކަމާމެދު ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިޔަކީވެސް ގައުމަށްޓަކައި ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ދޭން ތައްޔާރަށް ހުރި ފަރުދަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ގައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށް ވާން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި ގައުމުގައި ސުލްހަމަސްލަސްކަން ނަގާލައި، އެއްބައިވަންތަ ކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށް އެމްއެމްއާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ދުވަހުގެ ތަހުނިޔާ ފޮނުވައި އެމްއާރުއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި މުޖުތަމައަކީ، އެކަކު އަނެކަކަށް ކަމޭހިތައި، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާހަތްތެރި މުޖުތަމައަކަށް ހަދަންޖެހޭނެ ކަމަށެވެ.