Close Election
Close
ވިޔަފާރި

ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ބަހްރައިންގެ ގައުމީ އެއަރލައިން، ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ގަލްފް އެއާގެ ފުރަތަމަ ބޯޓު ރާއްޖެއަށަ އައީ މިއަދު އެވެ. މި ފުލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސްވެރީންނެވެ.

ގަލްފް އެއާގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށާފައިވާއިރު، އެމްއޭސީއެލް އިން ބުނީ ހަފުތާއަކު ފަސް ފުލައިޓު ބަހްރެއިނުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށެވެ. އަދި މި ދަތުރު ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި، ބަހްރައިން އާއި ރާއްޖެއާ ދޭތެރޭ ވިޔަފާރީގެ ގުޅުން ރަނގަޅުވެ ދެގައުމަށް ފައިދާވެގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

ގަލްފް އެއާއިން ބަހްރެއިންއާ ރާއްޖެއާ ދެމެދު ދަތުރު ފެށުމުގެ ހުއްދައަށް އެދި ރާއްޖެއާ ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.