ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔަމާކީ ކޯ ލިމިޓެޑްގެ ރައީސް އާއި ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޔަމާކީ ކޯ ލިމިޓެޑްގެ ރައީސް ޔޮޝިހިރޯ ކިޑޯ އާއި ބައްދަލު ކުރައްވައިފިއެވެ.

ޔަމާކީ ކޯ ލިމިޓެޑް އަކީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް އައްޑޫގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނިން އައްޑޫގައި ހިންގަމުން އަންނަނީ "ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ހިންގާ ކުންފުންޏެކެވެ. މި ބައްދަލުވުމުގައި، އައްޑޫގައި އެކުންފުނިން ފެކްޓްރީއެއް ހިންގައި ދިގު މުއްދަތަކަށް ރާއްޖެއަށް އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކޮށް ރައީސް ވަނީ ކުންފުނީގެ ވެރިންނަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ޔަމާކީ ކޯ ލިމިޓެޑްގެ ރައީސް ޔޮޝިހިރޯގެ އިތުރުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މަސްވެރިކަމާ ބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

2016 ވަނަ އަހަރުން ފެށިގެން ޔަމާކީ ކޯ ލިމިޓެޑުން އައްޑޫގައި ހިންގާ ކުންފުންޏަކީ އެ ކުންފުނީގެ ފެކްޓްރީގައި "ކަޓުސުއޮބުޝި" އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަންނަ ކުންފުންޏެކެވެ. "ކަޓުސުއޮބުޝި" އަކީ ޖަޕާނުން މަސް ހިއްކައި، އަވީލައިގެން ހަދާ މަހުގެ ބާވަތެކެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ކާރުހާނާއިން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިކަން އިތުރުކޮށްދެއެވެ.