ޚަބަރު

ކުޑަކުދިންނާއި ބިދޭސީންނަށް ނަސޭހަތް ދިނުމާއި، ދުވަހުގެ ހުރުމަތަށް ސަމާލުވުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެ

އިބްރާހިމް ޒަކީ

ހުކުރު ނަމާދުގެ މާތް ކަމާއި، މިސްކިތުގެ ހުރުމަތައް ޓަކައި، ކުޑަކުދިންނާއި ބިދޭސީންނަށް ނަސޭހަތްރި ވުމަށާއި، ހުކުރު ނަމާރުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ނުކޮށް، ހުކުރު ދުވަހުގެ ހުރުމަތައް ސަމާލު ވުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެ އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައި ވަނީ ހުކުުރ ދުވަހާއި ހުކުރު ނަމާދުގެ މާތްކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހަކީ ބަރަކާތުން ފުރިގެންވާ ދުވަހެއް ކަމަށެވެ.

"މިއަދަކީ އެތައް ގޮތަކުން މާތް ﷲ މަތިވެރި ކުރައްވާފައިވާ ދުވަހެއް، މިއަދަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ހެޔޮ އެއްދުވަސް، ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުން ކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ އާދަމްގެ ފާހު އުފެއްދެވުނު ތާރީހީ ދުވަސް، އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަސް، އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވެވުނީ އެދުވަހ، ހުކުރު ދުވަހުގައިމެނުވީ ގިޔާމަތް ގާއިމް ނުވާނެ،" ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީސުގެ މައްޗަށް ބިނާކޮށް ހުތުބާގައި ބުނެފައިވެއެވެ.

ހުހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދަށް ގޮވައިލެވޭހިނދު މާތް ﷲ ހަނދުމަ ކުރުމަށް ހުތުބާ އަޑޫއެހުމާއި ނަމާދު ކުރުންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އިމާމާ ހުތުބާ ކިޔަމުންދާއިރު އަޑުއެހުމަށް ކީރިތި ރަސޫލާ ބާރު އަޅުއްވާފައިވާ ކަމަށެވެ.

ނަމަވެސް މިއަދު ދިވެހި މުޖުތަމައުގައި އުޅޭ ބައެއް ފަރުދުން، ޝަރުއީ އެއްވެސް އުޒުރަކާ ނުލައި ހުކުރު ނަމާދަށް ފަރުވާ ކުޑަ ކުރުމާއި ހުކުރު އަޅާފައި ދަތުރު ދިއުމާއި ކަންކަމުގައި މަޝްޣޫލްވެ ތިބޭކަކީ ހިތާމަހުރިކަމެއް ކަމަށް ބުނެފައިވެއެވެ.

އަދި އެފަދަ މީހުންގެ ހިތްތަކުގައި މާތް ﷲ ސިއްކަ ޖައްސަވާނެކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ވެއެވެ.

ހުކުރު ހުކުރު ހުތުބާގެ މުހިއްމުކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ހުތުބާ އެކީ އަހާނުލައި ހުކުރު ނަމާދު އެއްކޮށް ފުރިހަމަނުވާނެ ކަމަށެވެ.

އަދި ހުތުބާ އަޑުއެހުމަށް މަލާއިކަތުން ހަމަ ހިމޭނުން ތިއްބަވާއިރު އަހަރެެމެން އިންސާނުން އެ ހުތުބާއަށް ކަނުލައި އެހުން މާ އައުލާކަން ބޮޑު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ނަމަވެސް ފަހަކަށް އައި އިމާމު ހުތުބާ އިއްވަމުންދާއިރު މިސްކިތު ފެންޑާގަ އާއި، މިސްކިތުގެ ގޯތި ތެރެ އާއި މިސްކިތުން ބޭރުގައި ވެސް ވާހަކަ ދައްކަން ތިބުމަކީ ބައެއްމީހުންގެ ފަރާތުން ފެންނަމުންދާ ވަރަށް ހިތާމަހުރި މަންޒަރެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ހުތުބާ އަޑުއެހުމުގެ ބަދަލުގައި މިސްކިތުން ބޭރުގައި ތިބެ އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމާއި، ހީ ސަމާސާ ކުރުމާއި މޯބައިލް ފޯނުން ގޭމް ކުޅުމާއި، މެސެޖް ކުރުމާއި، ފޭސްބުކަށް ވަނުމާއި، ސިނގިރޭޓް ބުއިމާއި، މިކަހަލަ ދުނިޔަވީ ކަންތައްތަކުގައި މަޝްޣޫލް ވެގެން ތިބޭ މަންޒަރު ފެންނަކަމީ ނުހަނު ހިތާމަހުރި ކަމެއް،" ހުތުބާގައި ބުނެފައިވެއެވެ.

އަދި މިސްކިތުގެ ތެރޭގައި ޖާގަ އޮންނައިރު ގަސްގަސް ދޮށާއި، ހިޔާ ގަނޑުގަނޑުގައި ތިބެ އިމާމު މީހާ ހުތުބާކިޔާ ނިމި ހުކުރު ނަމާދަށް ގަމަތް ދިނުމުން އެމީހަކު ޖެހުނު ތަނެއްގައި މުސައްލަ އާއި ކުނާ އަޅައިގެން ނަމާދުކުރާ މަންޒަރު ފެންނަމުންދާކަމަށްވެސް ހުތުބާގައި ވެއެވެ.

މިސްކިއްތައް ފަދަ ހުރުމަތްތެރިވެގެންވާ ތަންތަނުގައި ދީނީ ޝިއާރުތައް މަތިވެރިކޮށް، އަދަބު ތައުޒީމު އަދާޅުވުމަކީ ﷲ އަށް ތަގުވާވެރި ވުމުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

ކުދިން މިސްކިތައް ފޮނުވާއިރު މިސްކިތުގެ އަދަބުތައް ބެލެނިވެރިން ދަސްކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

"މިސްކިތުގައި ތިބޭއިރު ވާހަކަ ނުދައްކައި ހަމަހިމޭނުން ތިބުމަށާއި، ނަމާދުގައި ތިބޭއިރު، ވެސް މަޑުމައިތިރިކަމާއެކު ހުޝޫއަތްތެރިވެ ތިބުމަށް ނަސޭހަތްތެރިވާން ވާނެ،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް މިކަމަށް ސަމާލުވެ އެމީހުންނަށް ނަސޭހަތްތެރިވާން ވާނެ ކަމަށެވެ.

"އެގޮތުން އެހެންމީހުންނަށް އުނދަގޫ ވާފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ، މިސްކިތައް އަންނައިރު، ފެންވަރައި ސާފުތާހިރުވެ ހުވަނދުލައިގެން އައުމަށާއި، މިސްކިތުގައި ތިބޭއިރު އެކަކު އަނެކަކަށް ވާހަކަ ނުދައްކައި މަޑުމައިތިރިވެ ތިބުމަށް ނަސޭހަތްތެރިވެ އިރުޝާދު ދޭންވާނެ" ހުތުބާގައި ވެއެވެ.