ބޮލީވުޑްގެ ތަރި ޝުޝްމިތާ ސެން އާއި އޭނާގެ ބައިވެރިޔާ ރޮހްމަން ޝޯލް ޕަބްލިކް އެޕިއަރެންސް ތަކުގަ އާއި ޕާޓީ ތަކުން އެކުގައި ފެންނަން ފެށުމާ ގުޅިގެން އެދެބައިވެރިންގެ ކައިވެނީގެ ވާހަކަތައް ވަނީ މީޑިއާ ތަކުގައި ފެތުރިފައެވެ.
ރޮހްމަން ވަނީ ޝުޝްމިތާގެ ދެ އަންހެން ދަރިންނާ އެކު ދިވާލީ ވެސް ފާހަގަ ކޮށްފައެވެ. ރޮހްމަން އާ ޝުޝްމިތާގެ ދަރިންނާ ގުޅުންވެސް ވަރަށް ރަނގަޅު ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.
ނަމަވެސް ޝުޝްމިތާ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކައިވެނީގެ ވާހަކަތައް ދޮގުކޮށްފައެވެ. ކަސްރަތު ކުރަން އިން ވީޑިއޯ އެއް ހިއްސާ ކުރަމުން ޝުޝްމިތާގެ ކެޕްޝަނުގައި ދުނިޔޭގެ އެންމެން ގޮސިޕްތައް ފަތުރަމުން ދާއިރު އޭނާ މަސައްކަތް ކުރަނީ ޓްރެއިން ވުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި "ނޮޓް ގެޓިން މެރީޑް (ޔެޓް)" ވަނީ ހޭޝްޓެގް ކޮށްފައެވެ. މި ޕޯސްޓްގެ ކެޕްޝަނުގައި ސުޝްމީތާ ވަނީ ރަސްމީކޮށް ރޮހްމަން އާ އޭނާ ގުޅިގެން އުޅޭ ކަމަށް ފުރަތަމަ ފަހަރަށް ބުނެފައެވެ. އޭގައި ވާގޮތުގައި "ރޮހްމަންސިން ލައިފް އެބްސޮލިއުޓްލީ" އެވެ.
ޝުޝްމިތާ އާއި ރޮހްމަން ބައްދަލުވެފައިވަނީ މީގެ ހަމަސްކުރިން ފެޝަން ޝޯ އަކުންނެވެ.