ޑެނިމް ޖީންސް އަނެއްކާވެސް މިވަނީ ޓްރެންޑީ ވެފައެވެ. ސެލެބްރިޓީން ފެޝަން އިވެންޓްސް ތަކުގައިވެސް ސްކްނީ ޖީންސް އާއި ސީކުއިންޑް ޓޮޕްތަކުގައި ފެނެއެވެ. ނަމަވެސް ޓްރެންޑީ ވެގެން މިއުޅެނީ ކަޅު ނުވަތަ ނޫކުލައިގެ ޑެނިމެއް އެކަންޏެއް ނޫނެވެ.
ހުދު ކުލައިގެ ޑެނިމްއަކީ ވެސް ކްލެސިކް، ކޫލް އަދި ވަރަށް ގިނަ ޓޮޕް ތަކާ ގުޅޭ އެއްޗެކެވެ. އެހެން ކަމުން މި އާޓިކަލުގައި ހުދު ކުލައިގެ ޖީންސް ލެވިދާނެ ބައެއް ގޮތްތަކަށް ބަލައިލާނަމެވެ.
- އޮފީސް މީޓިން އަކަށް ލުމަށް: ޗިކް ގްރޭ ނުވަތަ މަޑު ނޫ ކުލައިގެ ގަމީހަކާ އެކީ ހުދު ޖީންސް އަދި ކަޅު ކުލައިގެ ޕެންސިލް ހީލްސް ރީތި ވާނެ އެވެ.
- ހުދުން ގޮވެނީ "ބްރިން އޮން ކަލާ" އެވެ. އެހެން ކަމުން ގަދަ ކުލަތަކުގެ އެސޮސަރީސް ހުދު ޖިންސާ ވަރަށް ގުޅޭނެއެވެ.
- ވައިބްރަންޓް ފިޔާތޮށި ނުވަތަ އޮރެންޖް ކުލައިގެ އެލޭ ކަންފަތުލާ އެއްޗަކާ އެކު ގަދަ ކުލައެއްގެ ހީލް އަކާ އެކީ ވެސް ހުދު ޖީންސް ލުމުން ސްޓައިލިޝް ވާނެއެވެ.
- އަބަދު އޮފީހަށް ކަޅު ނުވަތަ ނޫ ކުލައިގެ ޓްރައުޒާ ލާން ޖެހޭތީ ފޫހިވާނަމަ ހުދު ޖީންސް ބްލޭޒަރަކާ އެކީ ލުމުން އޮފިޝަލް ލުކެއް އަންނާނެއެވެ.
- އަންހެންވަންތަކޮށް ޑްރެސް ކޮށްލަން ބޭނުން ނަމަ މާޖެހި ޓޮފަކާ އެކީ ހުދު ޖީންސް ލެވިދާނެއެވެ.
- ހުދު ޖިންސާއާ އެކު ކްރީމް ނުވަތަ ޕެސްޓަލް ކުލައެއްގެ ޓޮޕެއް ލާނަމަ، އެ ދެކުލައިގެ ހިއު ކަނޑުވާލުމަށް ޕްރިންޓަޑް ނުވަތަ ގަދަ ކުލައެއްގެ ސްރަގް އެއް ލެވިދާނެއެވެ.
- ފޫޓްވެއާ އަށް ބަލައިލާ ނަމަ ލެޕޯޑް ހީލްސް އަދި ލޫފާސް ހުދު ޖިންސާ ވަރަށް ގުޅޭނެއެވެ.
- އޮފް ޝޯލްޑާ ޓޮޕްސް ޗޯކަރަކާ އެކު ހުދު ޖިންސާ އެކު ލުމުން ޗިކް އަދި ސްޓައިލިޝް ވާނެއެވެ.