އެސްއެމްއީ އެންޑް އޮންޓްރަޕްރެނިއާ ފެޑެރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އިންޑިއާ އެކްސްޕޯ 2019" ގެ އޮންލައިން ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
އުނިމާ ގްރޭންޑް ހޮޓެލްގައި މިއަދު ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި ސެފްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފެޑެރޭޝަންގެ ރައީސް އަބްދުލް ލަތީފެވެ. ވަން އޮންލައިންގެ ފަރާތުން ސޮއި ކުރެއްވީ ވަންގެ ޗެއާޕާސަން މިންހާ ފާއިޒެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެކްސްޕޯގެ އިތުރު ޕާޓްނަރުންނާއެކު ވެސް ވަނީ ސޮއިކޮށްފައެވެ.
އިންޑިއާ އެކްސްޕޯ 2019ގެ އެއްބަސްވުމުގައި ސޮއިކުރި ޕާޓްނަރުންނަކީ:
- މެއިން ސްޕޮންސާ: މޯހަން މުތާ އެކްސްޕޯޓް (އެމްއެމް އެކްސްޕޯޓް)
- ކޯ-ސްޕޮންސާ: ސްޓޭޓް ބޭންކް އޮފް މޯލްޑިވްސް (އެސްބީއައި)
- ހޮސްޕިޓޭލިޓީ ޕާޓްނަރު: ކާސާ ރިޓްރީޓް
- ސެޓްއަޕް ޕާޓްނަރު: ޝޭޑީ ކެބިން
- ސައުންޑް އެންޑް ލައިޓް ޕާޓްނަރު: ޔުނިކާ
- ސެކިއުރިޓީ ޕާޓްނަރު: އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން (އޭއެސްއޭޕީ)
- ބްރޯޑް ކާސްޓިން ޕާޓްނަރަކަށް: ރާއްޖެޓީވީ
މީގެ އިތުރުން މީޑިއާ ޕާޓްނަރުންގެ ގޮތުގައި ކޯޕްރޭޓް މޯލްޑިވްސް، މޯލްޑިވްސް އިންސައިޑާ، ދަ އައިލެންޑް ޗީފް އަދި މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑް ހަމަޖައްސައި އެފަރާތްތަކާއެކު ވެސް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސޮއިކޮށްފައެވެ.
އިންޑިއާ އެކްސްޕޯ 2019 އަކީ އިންޑިއާ ކުންފުނިތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ދިވެހިންނަށާއި ރާއްޖޭގެ ވިޔަފާރި މާކެޓަށް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.
މިމަހު 15 އިން 17 އަށް ދަރުބާރުގޭގައި ބާއްވާ އެކްސްޕޯގައި ޖުމްލަ 16 ކުންފުންޏަކުން ބައިވެރިވާއިރު، އިންޑިއާގެ އެކި ކުންފުނިތަކުގެ ޕްރޮފެޝަނަލް ޕެނަލިސްޓުންނާއެކު ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.
އެކްސްޕޯގައި ބައިވެރިވާ އެކްޒިބިޓަރުންގެ ތެރޭގައި އެމްއެމް އެކްސްޕޯޓްސް، އެސްބީއައި، އައިލެންޑް ގުރޫޕް، މަރްވާ އިމްޕެކްސް، ސައިބާ ސެކިއުރިޓީ، ރައިން ސޯލާ، އެޑެކްސް އިންޑިއާ - މުމްބާއީ ޑައިވް ޝޯގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އަދި ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީސް ހިމެނެއެވެ.