އެޓަރނީ ޖެނެރަލް

މިދިޔަ ތިން މަސް ތެރޭ އޭޖީ އޮފީހުން 261 ކަމަކަށް ގާނޫނީ ލަފާ ދީފި

މަރިޔަމް ޝަހުދާ

މިިދިޔަ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެޓާނީ ޖެނެރަލް، (އޭޖީ) އޮފީހުން ޖުމުލަ 261 ކަމަކަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ފާއިތުވި ތިން މަސް ދުވަސް ތެރޭ އެ އޮފީހުން 82 އެއްބަސްވުމަކަށް ގާނޫނީ ލަފާ ދީފައިވާކަން ހާމަވެއެވެ. މީގެ އިތުރުން ގަވައިދުތަކާއި ގުޅޭ ގޮތުން 30 ކަމެއްގެ ލަފާ އެ އޮފީހުން ދިން އިރު، އުސޫލުތަކާގުޅޭ ގޮތުން ލަފާ ދީފައިވަނީ 13 ކަމެއްގައެވެ.

މީގެ އިތުރުން ބިލްތަސްދީގު ކުރުމާ ގުޅޭ ގޮތުން ނުވަ ކަމެއްގައި އަދި މުއާހަދާތަކާ ގުޅޭ ގޮތުން ހަ ކަމެއްގައި އެ އޮފީހުންވަނީ ލަފާ ދީފައެވެ. އޭޖީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ފަސް ދާއިރާގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 121 ކަމަކަށް މި މުއްދަތުގައި އޭޖީން ލަފާ ދީފައި ވެއެވެ.