ކާރަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި ހިނގި އެކްސިޑެއްޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓުގައި ޒަހަމް ވި ދެމީހުނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދެ ދިވެހިންނަށެވެ. އެއީ ސައިކަލު ދުއްވަން އިން 48 އަހަރުގެ ފިރިހެނަކާއި ސައިކަލު ފަހަތުގައި އިން 41 އަހަރުގެ އަންހެނަކަށެވެ.
މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އަންހެން މީހާއަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް 27 އަހަރުގެ އެ އަންހެން މީހާ ދުއްވަން އިން ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިހާދިސާގައި ކާރު ދުއްވި އަންހެން މީހާ އާއި ސައިކަލު ދުއްވި ފިރިހެން މީހާ އަތުގައި ލައިސަންސް އޮތެވެ.
މިއަދު 7:50 ހާއިރު މި ހާދިސާ ހިނގާފައިވަނީ ވަނީ ހުޅުމާލޭ ހުނވަދުމާ ހިނގުމުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ކާރަކާއި، ފިލިގަސް މަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެނެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.