ޚަބަރު

ވިލުފުށި ކައިރިއަށް އިންޖީނު ހުއްޓުނު ސަޕްލައި ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

މަރިޔަމް ޝަހުދާ

ތ.ވިލުފުށި ކައިރިއަށް އިންޖީނު ހުއްޓުނު ސަޕްލައި ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ޖުމްލަ ފަސް މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ''އޯޝަން ރައިޑާ'' ސަޕްލައި ދޯނީގެ އިންޖީނު ވިލުފުށީ އުތުރުން ނުވަ މީޓަރު ބޭރުން ހުއްޓިގެން، އެކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު 06:50 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިދޯނީގައި ތިބީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

80 ފޫޓޫގެ މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ސީއޭ ކޯސްޓްގާޑް ސްކުއަޑްރޮން އިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ޅ. އަތޮޅުން ވ. އަތޮޅާއި ދޭތެރޭގެ ސަރަހަށްދައް ރީނދޫ އެލާޓް ނެރެ ދަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ. އަދި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ދަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުންވެސް އެދެއެވެ.