ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް މިދަނީ ބޮޑުތަނުން އިތުރު ކުރަމުން: މިނިސްޓަރު އިމްރާން

ފަތޯނާ ފާއިޒު

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ބޮޑުތަނުން އިތުރު ކުރަމުން ގެންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ޑްރަގް އިންޓެލިޖެންސް ޑިޕާޓްމެންޓް (ޑީއީޑީ)އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މެރިން ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެ އާއި، ރާއްޖެއިން ބޭރުގެ އުޅަނދެއް ބަލައި ފާސްކޮށް، 59.2 މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

އެކަން ފާހަގަ ކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވައި ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރަން ފަސޭހަ ވަނީ ހުރިހާ މުއައްސަސާއެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް މިހާރު ދަނީ ބޮޑު ތަނުން އިތުރު ކުރެވެމުން" މިނިސްޓަރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއާ ސްރީލަންކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިއްޔެ ވަނީ 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓް--