ޚަބަރު

ސެންޓާރާގެ ރިސޯޓެއް ހަދަން ފަޅެއް ހިއްކަން އެމްޓީސީސީއަށް

އާނިފާ ހުސެއިން ސިރާޖް

ތައިލެންޑްގެ ހޮސްޕިޓާލިޓީ ކުންފުނި، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓުން، ރިސޯޓެއް ތަރައްގީކުރުމަށް ފަޅެއް ހިއްކައިގެން ތިން ރަށެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ތައިލެންޑްގެ ބެންކޮކް ގައި ހުންނަ ސެންޓާރާގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސެންޓާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ތިރާޔުތް ޗިރަތިވަތްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހުސައިން ޝާހެވެ.

އެމްޓީސީސީން ބުނީ، 300 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބްރޭކް ވޯޓާއެއް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.