ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމާއި، އިންކަންޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރަށް، ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދެ ބިލުގެ ގޮތުގައި މި ދެބިލް ފާހަގަ ކުރެވިފައިވާއިރު، އެޓާނީ ޖެނެރަލްގެ އޮފީހުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލު ތަކުގެ އަދަދަކީ 32 ކަން ވަނީ ފާހަގަކޮށްފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހުގެ މިދައުރަށް ހުށަހަޅާ ބިލްތައް،
- އާމްދަނީން ޓެކްސް ނެގުމުގެ ބިލު
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޖަމްއިއްޔާތަކާބެހޭ ބިލު
- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންތިގާލީ އަދާލަތުގެ ބިލު
- ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަދަނީ އިޖުރާއަތުގެ ބިލު
- ނަފްސާނީ ދުޅަހެޔޮކަމުގެ ބިލު
- ތައުލީމުގެ ބިލު
- މަތީ ތައުލީމުގެ ބިލު
- ކްލައިމެޓް ރެސިލިއަންސާބެހޭ ބިލު
- ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޮއިފާލައްބަ ތަކާއި ވިލުފަޅުތައް އާލާކޮށް ރައްކާތެރި ކުރުމުގެ ބިލު
- ފޮރެސްޓްރީ ބިލު
- ރާއްޖެ ތެރޭގެ މީހުން އުޅޭ ރަށްރަށުުން ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބޯހިޔާ ވަހިކަމުގެ ބިލު
- ޓެނަންސީ ބިލު
- އެންމެދު އިމާރާތުގެ ބިލު
- ފެނާއި ނަރުދަމާގެ ބިލު
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މާލީ ސެކިއުރިޓީއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލު
- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު
- ފޮރިން އިންވެސްޓްމަންޓާބެހޭ ބިލު
- އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
- ދިވެހި ރާއްޖޭގެ ޗާޓަރޑް އެކައުންޓިންގެ ބިލު