ވިޔަފާރި

ޔޫއެފްސީ 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން

މަރިޔަމް ޝަހުދާ

އަލްޓިމޭޓް ފައިޓިންގް ޗެމްޕިއަންޝިޕް، ޔޫއެފްސީ 243 މެއިން ކާޑް އިވެންޓް ދިރާގު ޓީވީން ވަގުތުން ދައްކަން ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި މިއަދު ކުރިއަށްދާ ޔޫއެފްސީ 243 މެއިން ކާޑް އިވެންޓު ދިރާގު ޓީވީ އަދި ދިރާގު ޓީވީ އެޕް ބޭނުންކޮށްގެން ލައިވްކޮށް ބެލޭނެއެވެ. އެގޮތުން ދިރާގު ޓީވީ އާއި އެޕްލިކޭޝަންގެ ސޮނީ ޓެން ޓޫ އެޗްޑީ، ސޮނީ ޓެން ތްރީ އެޗްޑީ އަދި ސޮނީ ސިކްސް އެޗްޑީން މި މެޗު ބެލޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިއަދު ކުރިއަށްދާ މެޗުގައި ވާދަ ކުރުމަށް ހަމަޖެހިފައި ވަނީ އަލްޓިމޭޓް ފައިޓިންގް ޗެމްޕިއަންގެ ލަގަބު ދިފާއު ކުރުމަށް ނުކުންނަ ރޮބާޓް ވިޓިކާ އާއި ވަރުގަދަ ފައިޓަރ އިސްރާއިލް އަޑަސާނިޔާ އެވެ. ދިރާގުން ވަނީ މި މެޗުތަކުގެ ގަޑިތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ.

ޔޫއެފްސީ އަކީ މިކްސްޑް މާޝަލް އާޓް ހިމެނޭ، 300 މިލިއަނަށް ވުރެ ގިނަ މީހުން ބަލާ، ދިވެހިންގެ ތެރޭވެސް މަގުބޫލު ކުޅިވަރެކެވެ. ކޮންމެ އަހަރަކުވެސް ޔޫއެފްސީގެ 40 އިވެންޓެއް ކުރިއަށްގެންދާއިރު، މީގެން ކޮންމެ އިވެޓެއް ބާއްވާ ސަރަހައްދު ވެސް ފުރޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.