ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދް އަހޫޖާއަށް މިއީ "ވެކޭ ޓައިމް" އެވެ.
ސޯނަމް ގެ ދައްތަ ރިއާ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ކަރަން ބޫލާނީ އާއެކު ސޯނަމްގެ ދެމަފިރިން ވަނީ އިއްޔެ ރާއްޖެ އައިސްފައެވެ. މިދަތުރުގައި ކަަރަންގެ ކޮއްކޮ އާނަންދް ބޫލާނީ ވެސް ބައިވެރިވެއެވެ.
ސޯނަމް އަންނަނީ އިންސްޓަގްރާމުގައި ރާއްޖެއަށް ކުރަމުން އަންނަ ޗުއްޓީ ދަތުރުގެ އަޕްޑޭޓްސްތައް ހިއްސާކުރަމުންނެވެ. އެގޮތުން އެންމެން އެކުގައި ސީޕްލޭން ގައި ނަގާފައިވާ ސެލްފީއެއްވެސް ވަނީ އިންސްޓާ ސްޓޯރީގައި ހިއްސާކޮށްފައެވެ.
ސޯނަމް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނޭވާ ފުށީގެ ޕްރައިވެޓް ވިލާގައެވެ. ޕްރިވެޓް ޕޫލާއި ވޯޓާ ސްލައިޑް އަދި މަތީ ޑެކެއްވެސް ހުންނަ މި ވިލާ އަކީ މީގެ ދެތިން މަސްކުރިން ޕްރިޔަންކާ ޗޯޕްރާގެ ޅިޔަނު ޖޯ ޖޯނާސް އަދި ސޯފީ ޓޯނާ ހަނީމޫން ހޭދަކުރި ވިލާއެވެ.
ސޯނަމް އަދި ކޮއްކޮ ރިއާ ވަނީ މީގެ ކުރިންވެސް ޗުއްޓީ އަށް ރާއްޖެ އައިސްފައެވެ.