މަލިކު

މަލިކު ކައިރިން ރާއްޖޭގެ މަސްދޯންޏެއް ހިފަހައްޓައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް ހިފަހައްޓައިފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މަލިކާ ތިން މޭލެއްހާ ހިސާބަށް ކައިރިވެފައި ވަނިކޮށް އިންޑިއާގެ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ދޯނި ގެންގޮސް އެ މައްސަލަ ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

އެ ދޯނި މިހާރު އޮތީ މަލިކު ފަޅު ތެރޭގައެވެ.

ބައެއް މައުލޫމާތުތައް ބުނާގޮތުން އެ ދޯނީގައި 10 ފަޅުވެރިން ތިއްބެވެ. ނަމަވެސް އަދި އޭގައި ތިބި މީހުންގެ ފުރިހަމަ އަދަދެއް އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ދޯންޏަށް ކިޔަނީ "އަންބަރީ" ކަމަށް މަލިކު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ. އެ ދޯނީގެ ފޮޓޯތަކެއްވެސް މަލިކު މީހާ ވަނީ ޓުވީޓް ކޮށްފައެވެ.

ނަމަވެސް އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ މަސްދޯންޏެއް ހާލުގައި ޖެހިގެން އެމްއެންޑީއެފާ ގުޅާފައި ނުވާ ކަމަށާއި އެ މައްސަލަ ސާފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.