ބޮލީވުޑް

ދީޕްތަކް ތިޖޯރީގެ ފިލްމު ޓިޕްސީގައި ޑެއިޒީ ޝާހު އަދި އީޝާ ގުޕްތާ

އަންހެން ގޭންގް ތްރިލާއެއްގެ މައްޗަށް އުފައްދާ ފިލްމު "ޓިޕްސީ"ގެ ބަތަލާއިންނަށް ޑެއިޒީ ޝާހު އަދި އީޝާ ގުޕްތާ ސޮއި ކޮށްފިއެވެ.

މި ފިލްމަކީ 2016 ވަނަ އަހަރު ރިލީސްކޮށްފައިވާ ފިލްމު "ދޯ ލަފްޒޯކީ ކަހާނީ" ގެ ޑައިރެކްޓަރު، ދީޕްތަކް ތިޖޯރީ އަނބުރާ ޑައިރެކްޓިންއަށް ނުކުންނަ ފިލްމެވެ.

ފިލްމުގައި އީޝާ އާއި ޑެއިޒީގެ އިތުރުން ކައިނާތު އަރޯރާ، އަލަންކްރިތާ ސަހާއީ އަދި ނާޒިއާ ހުސެއިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ލީޑު ރޯލަށް ކުރިން ހޮވާފައިވަނީ ލަކްސްމީ ރާއީ އަދި ޝަމާ ސިކަންދަރުއެވެ. ނަމަވެސް ލަކްސްމީއަށް ވި އަނިޔާއެއްގެ ސަބަބުން އޭނޭގެ ރޯލު އީޝާއަށް ލިބުނީއެވެ.

ފިލްމުގެ ޝުޓިން މިމަހު 20ގައި ފަށާނެކަމަށްވެއެވެ. ފިލްމުގެ ޝޫޓިން އިންގްލޭންޑް އަދި ސްކޮޓްލޭންޑްގައިވެސް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި ފިލްމަކީ އަންހެން ތަރިންގެ މައްޗަށް އުފައްދާ އެޑްވެންޗަރ ތްރިލާއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމަކީ ހޮލީވުޑް ފިލްމު "ހޭންގްއޯވާ" އާއެެއްގޮތް ފިލްމަކަށްވެގެން ދާނެއެވެ. އަންހެނުންތަކެއް ޗުއްޓީއަށްއަކަށް ގޮސް ދިމާވާ ބިރުވެރިކަންތައްތަކެއް ފިލްމުން ފެނިގެންދާނެކަމަށް ވެއެވެ.