ބޮލީވުޑް

ޖަވާނީ ޖާނޭމަންއަށް ސައިފް 11 ކިލޯ ހިއްކާލައިފި

ފިލްމު ލާލް ކަޕްޓާން ކުޅުމަށް ގިނަ ދުވަސްތަކެއް ވަންދެން ސައިފް ދިޔައީ އިސްތަށިގަނޑު ދިގުކޮށް ދިގު ތުނބުޅި ބަހައްޓައިގެންނެވެ. ނަމަވެސް މިހާރު ސައިފް މިވަނީ މުޅި މީހާ ބަދަލުވެފައެވެ.

ފިލްމު ޖަވާނީ ޖާނޭމަން ކުޅުމަށް އޭނާ ގެ އިސްތަށިގަނޑު ކޮށުމާއެކު މިވަނީ 11 ކިލޯ ހިއްކާލާފައެވެ ރިޕޯޓްތައް ބުނާ ގޮތުގައި ސައިފް ހިކުނީ އެއްވެސް ނިއުޓްރިޝަނެއް އަދި ޓްރެއިނަރެއްގެ އެހީގައިވެސް ނޫންކަމަށެވެ. އޭގެ ސިއްރަކީ ގޭގައި ކައްކާ ކާތަކެތި ކެއުމާއެކު ކާއިރު މަދު އެތިކޮޅުން ކެއުމާ އަދި ބޭސިކް ކަސްރަތުތައް ކުރުން ކަމުގައި ވާކަމަށް ސައިފްއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސައިފް މިހާރު ވެއިޓްސް ހެދުމަށްވެސް އަދި ކާޑިއޯ ހެދުމަށްވެސް އިންސްޓްރަކްޓަރެއްގެ އެހީ ނުހޯދާކަމަށްވެއެވެ.

ސައިފްގެ ގިނަ ފިލްމުތަކެއް އަދިވެސް ކުރިއަށް އެބަހުރިއެވެ. އެގޮތުން ލާލް ކަޕްޓާން އާއި ޖަވާނީ ޖާނޭމަންގެ އިތުރުން ބޫތް ޕޮލިސް އަދި ތަންހާޖީ: ދަ އަންސަންގް ވޮރިއާ ހިމެނެއެވެ.