ދުނިޔެ

މަގާމުގެ ބޭނުން ނަހަމަގޮތުގައި ކުރާކަމަށް ބުނެ ޓްރަމްޕްގެ މައްސަލަ އެގައުމުގެ މަޖިލީހަށް

މަރިޔަމް ޝަހުދާ

މަގާމުގެ ބޭނުން ނަހަމަގޮތުގައި ކުރާކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްސަލަ އެގައުމުގެ މަޖިލީހުން ބަލާނެ ކަމަށް އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޮސީ ވިދާޅުވެއްޖެއެވެ.

ބޭރުގެ އެކި ހަބަރުތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ މައްސަލައެއް މަޖިލީހުން ބެލުމަށް ނިންމާފައިވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމެރް ޒެލެންސްކީ އާއި ފޯނުން ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. މި ފޯނު ކޯލުގައި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަދި އޭނާގެ ދަރި ހަންޓާރ ގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް އެ ގައުމުން ނުބަލައިފި ނަމަ އެމެރިކާއިން ޔޫކްރެއިންއަށް ދެމުން އަންނަ މިލިޓަރީ އެހީ ހިފަހައްޓާނެ ކަމަށް ޓްރަމްޕް ބުނެފައިވާ ކަމަށް އެމެރިކާގެ ޑިކޮމްރެޓިކް ޕާޓީގެ މެމްބަރުން ތުހުމަތު ކުރި ނަމަވެސް މި ފޯނު ކޯލުގައި ދެކެވުނުވާހަކަ ސާފު ނުވާކަމަށް ބީބީސީ ނިއުސް ގައި ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަ ފުރަތަމަ ތިލަވެފައިވަނީ އެމެރިކާގެ އިންޓެލިޖަންސް ވިސިލްބްލޯވާއަކު މި މައްސަލަ ހުށަހެޅުމުންނެވެ. އެއާއެކު އެގައުމުގެ ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ޓްރަޕްމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއަށް ފައިދާ ވާނެ ގޮތަށް ކަންކަން ނިންމުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޮސީ ވިދާޅުވީ ޓްރަޕްމްގެ މި އަމަލަކީ އެކަމަށް އޭނާ ޖަވާބުދާރީ ވާން ޖެހޭނެ ކަމެއް ކަމަށެވެ.

ބީބީސީ ނިއުސްއިން ރިޕޯޓު ކުރާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ އެމެރިކާގެ މަޖިލީހުގައި ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން މި މައްސަލަ ތަހުގީގު ކުރުމަށް ބާރު އެޅިނަމަވެސް މި މައްސަލަ މަޖިލީހުން ފާސް ނުވުމަކީ ވުން އެކަށީގެންވާ ގޮތެކެވެ.

ޓްރަމްޕްގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކޮށް، މި ފޯނު ކޯލުގެ ރިކޯޑިންގއެއް އާންމު ކުރާނެ ކަމަށް ޓްރަމްޕް ވަނީ ޓުވީޓެއް މެދުވެރިކޮށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ ރައީސް ޒެލެންސްކީ އާއި އޭނާ އާއި ދެމެދު ދެކެވުނީ ރަހުމަތްތެރި އަދި އެކަށީގެންވާ ވާހަކަ ތަކެއް ކަމަށާއި، އެއްވެސް ސިފައެއްގައި އެއްވެސް ކަމަކަށް ޕްރެޝަރ ނުކުރާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.