ޚަބަރު

ގަމުގައި ވައްކަން ކުރި މީހަކު ގަން ހިންގުވައިފި

ފަތޯނާ ފާއިޒު

ލ. ގަމުގައި ވައްކަން ކުރި މީހަކު ގަންހިންްގުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ މީހާ ވައްކަން ކުރި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ 15:30 ހާއިރު ކަމަށެވެ. އަދި އެމީހާ ގަން ހިންގުވި ކަަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ނަމަވެސް ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފަހަަކަށް އައިސް ވައްކަން ކުރާ މީހުން ރަށުތެރެއަށް ނެރެ، ގަން ހިންގުންވަނީ އާންމުވެފައެވެ. އެގޮތުން ހދ. ހަނިމާދޫ އަދި ކ. ކާށިދޫގައި ވައްކަން ކުރި ބަޔަކު ރައްޔިތުން ނުކުމެ، ވަނީ ގަން ހިންގުވައިފައެވެ.