ޚަބަރު

"ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކޮށްފި

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު"ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 14 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ގޮތުގެ މަތިން "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަން، "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު"ގެ ނަމަށް ބަދަލުކުރެއްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ދައުލަތުގެ އިދާރާތަކުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒަށް ފޮނުވާ ސިޓީތަކުގައި ޖަހާނީ މިހާތަނަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ހަމަޖައްސާފައި އޮތް ނަންބަރު، 222 ކަމަށް ރައީސް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.