މިޝަން މަންގަލްގެ ކާމިޔާބީއަށްފަހު ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ސޮނާކްޝީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރާއްޖެ އައި ވީޑިއޯ އަދި ފޮޓޯތައް ހިއްސާކޮށްފައެވެ. ސޮނާކްޝީ ޗުއްޓީ ހޭދަކުރަމުން ގެންދަނީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު ރިސޯޓެއް ކަމަށްވާ ޖުމެއިރާ ވިޓަވެލީގައެވެ.
އިންސްޓަގްރާމުގައި ސޮނާކްޝީ ހިއްސާކޮށްފައިވާ ވީޑިއޯތަކުގައި ބެރަށް ނަޝާތަން ފެނިގެން ދެއެވެ. އަދި ވިއްސާރަވިޔަސް ރާއްޖެއިން ލިބިގެންދިޔަ ހޫނު މަރުހަބާ ވަނީ ފާހަގަކޮށްފައެވެ.
ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން އާއެކު ފިލްމު ދަބަންގް ދޭކުންނެވެ. މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިއަހަރު ޑިސެމްބަރު 20 ގައެވެ.