ވިޔަފާރި

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު

ފަތޯނާ ފާއިޒު

ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު ހޯދޭނެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ޓީވީގެ ހިދުމަތް އަލަށް ބޭނުންކުރަން ފަށާ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ލަކީ ޑްރޯއެއް މެދުވެރިކޮށް ޑިޒްނީ ލޭންޑަށް ދިއުމުގެ އިތުރުން، ޗައިނާގެ ޝަންހާއީގައި އާއިލާގެ ހަތަރު މެންބަރުންނާއެކު ފަސް ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. މި ދަތުރުގެ ފްލައިޓް ޓިކެޓާއި އެއް ދުވަހުގެ ޑިޒްނީ ލޭންޑްގެ ފާސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ، މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގަކީ ރާއްޖޭގައި ޑިޒްނީ ކޮންޓެންޓް އެންމެ ގިނައިން ދައްކާ ސާވިސް ޕްރޮވައިޑާއެވެ. އެގޮތުން ޑިސްނީ ޗެނަލާއި މާވެލް އެޗްކިއު އާއި ޑިސްނީ ޖޭއާރް އާއި ޑިސްނީ އިންޓަނޭޝަނަލް އެޗްޑީ އަންނަނީ ދައްކަމުންނެވެ. ދިރާގު ޓީވީން އަންނަނީ އާ ޗެނަލްތައް އިތުރުކޮށް، ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުންނެވެ.

ދިރާގު ޓީވީގެ ބޭސިކް ޕްކޭޖެއް 300 ރުފިޔާއަށް ލިބެއެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ހުރިހާ ޗެނަލްތަކެއް 450 ރުފިޔާއަށް ލިބެއެވެ.