ހުޅުމާލެ

ހުޅުމާލޭ ސްވިމިންގް ޓްރެކް ސަރަހައްދުގައި ޕަބްލިކް ފާހާނަތަކެއް ހަދައިފި

އާނިފާ ހުސެއިން ސިރާޖް

ހުޅުމާލޭ ސްވިމިންގް ޓްރެކް ސަރަހައްދު ކައިރީ އާންމުންނ ބޭނުންކުރުމަށް ފާހާނާ ބަރިތަކެއް ހަދައިފިއެވެ.

ހައުސިންގް ޑިވޮލޮޕްނެމެންޓް ކޯޕްރޭޝާން ލިމިޓެޑް (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ ބީޗް ސަރަހައްދުގައި ހެދި ފާހާނާ ބަރިތައް މިހާރު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި ފާހާނާބަރިތައް ހަދާފައިވަނީ ފެންވެރޭނެ ވަސީލަތްތަކާއެކު، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ވަކި ފާހާނަތަކެއްވެސް މި ފާހާނަާބަރީގައި ހުންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހުޅުމާލޭ އިރުމަތީ ބީޗު ސަރަހައްދުގެ ބޭޗުގައި ރެސްޓޯރަންޓް ތަކުން ބޭނުންކުރަމުން އައި ސަރަހައްދު ހުސްކޮށް، އާންމުންނަށް ހުޅުވައިލުމުން އެ ސަހަރައްދަށް ގިނަ އަދަދެއްގެ ދިވެހީން ރައްޓެހީންނާއި އާއިލާއާ އެކު ދެއެވެ.