Close
މަރުތައް ތަހުގީގުކުރާ ކޮމިޝަން

ޝިމާ ގެއްލުނު މައްސަލަ ތަހުގީގުކުރުން ކޮމިޝަނުގެ މެންޑޭޓަކު ނުހިމެނޭ: ސުއޫދު

އާނިފާ ހުސެއިން ސިރާޖް

1

ލ. ކައްދޫ އިން އެ އަތޮޅު މާމެންދުއަށް ދަތުރުކުރި ޑިންގީއެއް ބަނޑުން ޖަހާލި ހާދިސާގައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒުގެ މައްސަލަ ބެލުމަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ މެންޑޭޓުގައި ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ޝިމާ ގެއްލުން މައްސަލަ ބަލާނެ ކަމަށް އުންމީދުކުރާ ކަމަށް އާންމު ފަރާތަކުން ސުއޫދަށް ޓެގުކޮށް ކުރި ޓުވީޓަކަށް ޖަވާބުދެއްވުމަށް ކުރެއްވި ޓުވީޓުގައި ސުއޫދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ރިޔާސީ ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

އާންމު ފަރާތަކުން ކުރި ޓުވީޓުގައި ބުނެފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ޝިމާ ގެއްލުނު ހާދިސާއާ ގުޅޭ މައްސަލަ ބަލައިދޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މި ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިން ސުވާލު އުފައްދާ ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން އެ އާއިލާއަށް ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މި މައްސަލަ ތަހުގީގުކުރުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުގެ މެންޑޭޓަކު ނުހިމެނޭ،" ސުއޫދުގެ ޓުވީޓުގައި ވިދާޅުވިއެވެ.

އެ ކޮމިޝަނުން ތަހުގީގު ކުރަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މަރާލާފައިވާ މީހުންގެ މައްސަލަތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅު ލ. ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު އުމުރުން 19 އަހަރުގެ ޝިމާ ހޯދުމަށް ފުލުހުންނާއި ސިފައިންގެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިއަދާ ހަމައަށް އޭނާ ހޯދިފައެއް ނުވެއެވެ. އެ މައްސަލައިގައި އެ ޑިންގީ ދުއްވި އިބްރާހިމް ފަޒީލު ހައްޔަރު ވެސް ކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟