މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް

ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

1

ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ފަސްގަނޑު އެއްވަރުކުރުން ފަދަ ފުރަތަމަ މަރުހަލާ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ހއ. ހޯރަފުށި، ލ. ގަން، ސ. ފޭދޫ، ތ. ތިމަރަފުށި އަދި ވ. ކެޔޮދޫ ގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުތަކުގެ ފުރަތަމަ މަރުހަލާ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ހަތް ރަށުގެ ދަނޑުގެ މަޝްރޫއުވެސް ހަވާލުކޮށްފައިވަނީ 2.4 މިލިއަން ރުފިޔާއަށް ބަޖެޓުކޮށް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހްމަދު މަހުލޫފު ސޮއިކުރެއްވިއިރު އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ހުސޭން

މިހާރު ދެން ހުރިހާ މަސައްކަތެއްވެސް އެމްޓީސީސީ އަށް!