ޕޮލިސް

ތިނަދޫން އިސްލާމްދީނާ ދެކޮޅަށް ނިކުތް މިހާގެ ބަންދަށް 15 ދުވަސް

އާނިފާ ހުސެއިން ސިރާޖް

ގދ. ތިނަދޫގައި އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ނުކުތް މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫ މީހަކު ދީނަށް ފުރައްސާރަ ކޮށްފަައި ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ތިނަދޫ ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުމެފައިވަނިކޮށެވެ. "ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.