ޓެކްނޮލޮޖީ

މިހެޑްސެޓް އަޅައިލުމުން އެހެން މީހުންގެ އުނދަގުލުން ސަލާމަތްވާނެ

މުހައްމަދު އައުޒަމް

މަސައްކަތް ކުރާ ވަގުތު އެހެންމީހުންގެ އުނދަގުލުން ސަލާމަތް ވުމަށް ޕެނަސޮނިކުން މިވަނީ ހައްލު ހޯދައިދީފައެވެ.

ޕެނަސޮނިކް އިން އުފައްދާފައިވާ ހޯސް ބްލިންކާ ނުވަތަ އެހެން މީހުންގެ އުނދަގުލުން ސަލާމަތްވެ ކޮންސެންޓްރޭޓް ކުރާނެ ހެޑް ސެޓުން މަސައްކަތުގެ މާހައުލުގައި ހިނގާ ކަންކަން ހަނދާން ނައްތާލަން އެހީ ވެދޭއެވެ.

މިހެޑް ސެޓްގެ ސަބަބުން ހެޑްސެޓް ބޭނުން ކުރާ މީހާއަށް ނަފްސާނީ ގޮތުން އެކަނިވެރި މާހައުލެއް ގާއިމް ވެގެން ދެއެވެ. ހެޑްސެޓް ޑިޒައިން ކޮށްފައިވާ ގޮތުން މީހާގެ ލޮލުން ކުރިމަތިފެންނަ ވަރުގެ ޖާގަ އެއް ހުރެއެވެ.

ބޮލުގެ ވަށައިގެން ކަވަރުވެފައިވާ މި ހެޑްސެޓުގައި ނޮއިސް ކެންސަލިންގ ފީޗަރ ގާއިމް ކުރެވިފައި ވެއެވެ. ނޮއިސް ކެންސަލިންގ އިން ހެޑްސެޓް އަޅައިގެން ހުންނަ ވަގުތު އެމީހާ ހުންނަ ސަރަހައްދުގެ އަޑުތައް މުޅިން އެއްކޮށް ނައްތާލައެވެ. މިކަމުގެ ސަބަބުން ހެޑްސެޓް އަޅައިގެން ހުންނަ މީހާގެ މުޅި ކޮންސެންޓްރޭޝަން އޭނާއަށް ކޮންޓްރޯލް ކުރެވި މަސައްކަތް އުފެއްދުންތެރި ކުރުވާނެއެވެ.

ހެޑްސެޓް އަޅާފައި ހުންނައިރު ލޯކައިރިން ދެފަރާތަށް ބްލޮކް ކުރެވިފައި ހުރުމުން ކައިރީގައި ހިނގާކަންކަން ނުފެނި ފެންނާނީ ކުރިމަތި އެކަންޏެވެ. މިކަމުގެ ސަބަބުން މަސައްކަތް ކުރާވަގުތު އެމަސައްކަތަށް އެއްކޮށް ސަމާލުކަން ދެވިގެން ދާނެއެވެ.

ބަރުދަނުގައި އެންމެ 300 ގްރާމް ހުންނަ މިހެޑްސެޓް ޖަޕާނުގެ ބާޒާރަށް ތައާރަފް ކުރާނެ ކަމަށް ޕެނަސޮނިކްއިން ބުނެއެވެ. ހެޑްސެޓް ގެ އަގަކީ 200 އެމެރިކާ ޑޮލަރެވެ.

ޕެނަސޮނިކްގެ ފިއުޗަރ ލައިފް ލެބޯޓަރީއިން އުފައްދާފައިވާ މިހެޑްސެޓް ޑިޒައިން ކޮށްފައިވަނީ ޖަޕާނުގެ މަޝްހޫރު ފެޝަން ޑިޒައިނަރ ކުނިއްކޫ މޮރިނަގާއެވެ.