ކުއްލި ޚަބަރު

20 މީހުންނާއެކު ދިޔަވި ލޯންޗު ރައްކާތެރިކަމާއެކު ކާށިދޫއަށް ވައްދައިފި

މަރިޔަމް ޝަހުދާ

ވިހި މީހުންނާއެކު ދަތުރު ކުރި ލޯންޗެއް ދިޔަވަމުން އަޑިއަށްދާކަމުގެ މައުލޫމާތު ލިބުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިންނަވަރުން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ''ކޮމްޕަސް'' ނަމަކަށް ކިޔާ މި ލޯންޗަށް ދިޔަވާންފަށާފައި ކ. ކާށިދޫގެ އުތުރުން 7 މޭލު ބޭރުން ކަމަށެވެ. އަދި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ މިއަދު 17:30 ހާއިރު ކަމަށް މައުލޫމާތު ދެއެވެ.

މި ހާދިސާގައި ދިޔަވާ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސީ އެމްބިއުލާންސްގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވެ، ރައްކާތެރިކަމާއެކު ލޯންޗު ކާށިދޫއަށް ވަދެއްޖެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.