ވިކްޓޯރިއާ ބެކަމްގެ ޑިޒައިން ތަކަކީ ޗިކް އަދި ޓައިމްލެސް ސްޓައިލް ތަކެކެވެ. އެއީ މޭގަން މާކަލް ކަހަލަ ޝަހުސިއްޔަތު ތަކަށްވެސް ގުޅޭނެ ހެދުން ތަކެއް ކަމަށް ގިނަ ބަޔަކަށް ދެކެވުނަސް މޭގަންގެ ހިޔާލު މުޅިން ތަފާތެވެ.
ގްލެމަރ މެޖަޒިންއަށް މޭގަން ދިން އިންޓަވިއުއެއްގައި މޭގަން ބުނިގޮތުގައި ވިކްޓޯރިއާ ބެކަމްގެ ހެދުންތައް ވަރަށް ރީތި ކަމަށެވެ. ނަމަވެސް މޭގަންގެ ފައި އެހައި ދިގު ނޫންވީމަ ވިކްޓޯރިއާގެ ސްޓައިލްތައް އޭނާ އަށް ނުގުޅެނީ އެވެ. މޭގަން އިތުރަށް ބުނިގޮތުގައި ބަލާލަން ޑިޒައިންތައް ކިތަންމެ ރީތި ކަމުގައި ވިއަސް މީހާ ލީފަ އެހެދުން އޭނާގެ ބޮޑީއާ ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން މޭގަން ގަބޫލު ކުރާ ގޮތުގައި ވިކްޓޯރިއާގެ ހެދުން ތަކަކީ އޭނާގެ ބޮޑީ ޝޭޕާ ނުގުޅޭ ހެދުންތަކެއް ކަމުގައެވެ.
ވިކްޓޯރިއާގެ ހެދުންތައް މޭގަން ނުލި ކަމުގަ ވިއަސް މޭގަން ވަނީ މިއަހަރު ކުރީކޮޅު ވިކްޓޯރިއާގެ ކްލޯތިން ލައިންގެ ކްރީމް ކުލައިގެ ޖަމްޕަރެއް ލާފައެވެ. މި ޖަމްޕާ ވަނީ މޭގަން އާއި ހެރީގެ އެންޖޭޖްމަންޓް ފޮޓޯނެގި އިރުވެސް ލާފައެވެ.
ވިކްޓޯރިއާ ބެކަމްއާއި މޭގަންއަކީ ގާތް ރަހްމަތްތެރިންނެވެ. މޭގަންގެ ކައިވެނީގައި ވެސް ވިކްޓޯރިއާ އާއި ޑޭވިޑް ބެކަމް ވަނީ ބައިވެރިވެފައެވެ.
ވިކްޓޯރިއާގެ ހެދުންތައް މޭގަން ނުލި ކަމުގައި ވިއަސް، މޭގަން އާއި ހެރީގެ ގޭގެ އިންޓީރިއާ ކުރުމަށް ވަނީ ބެކަމް މެންގެ އާއިލީ އިންޓީރިއާ ޑިޒައިނަރު ހަމަޖައްސާފައެވެ.